Thompey Faiz

Thompey Faiz typing...

އިޚްލާޞްތެރި ޚިދުމަތްތެރިއެއް، ޤާބިލު އެކުވެރިއެއް: ވެލިދޫގެ ފެހި މާދަމާއަށް އައްބު!އަޅުގަނޑާއި އައްބުއާ އެންމެ ފުރަތަމަ...
31/03/2026

އިޚްލާޞްތެރި ޚިދުމަތްތެރިއެއް، ޤާބިލު އެކުވެރިއެއް: ވެލިދޫގެ ފެހި މާދަމާއަށް އައްބު!

އަޅުގަނޑާއި އައްބުއާ އެންމެ ފުރަތަމަ ދިމާވީ 1995 ވަނަ އަހަރު، ގްރޭޑް 8 ގެ ކުލާހުންނެވެ. އެ ދުވަހު އުފެދިގެންދިޔަ އެކުވެރިކަމަކީ އަޅުގަނޑުގެ މުޅި ހަޔާތުގެ މިސްރާބު ބަދަލުކޮށްލި، އަދި މިއަދުވެސް މާތް ﷲ އަށް ޝުކުރުވެރިވާފަދަ ވަރުގަދަ ގުޅުމެކެވެ.

މިއަދު އަޅުގަނޑުމެންނަށް ފެންނަނީ މަޑުމައިތިރިކަމާއެކު އިސްޖަހާލައިގެން ހިނގާ ބޭބެއެއްގެ ސިފަ އައްބުގެ ކިބައިން ކަމުގައި ވިޔަސް، ނ.އ.ތ.މ (ނ. އަތޮޅު ތަޢުލީމީ މަރުކަޒު) ގައި އޭނާ އިސްވެ ހުރެ ކޮށްފައިވާ ޚިދުމަތްތަކަކީ މިއަދުވެސް އެތަނުގެ ދަރިވަރުން އޭގެ މަންފާ ލިބިގަންނަ އަގުނުކުރެވޭ ފަދަ މަސައްކަތްތަކެކެވެ.

އައްބުގެ ފާހަގަކޮށްލެވޭ ބައެއް ކާމިޔާބީތައް:

• އީއެލްއޭ (ELA) އަދި ޑީއެލްއޭ (DLA) އުފެއްދުން: މިއަދު ތިޔަ ކުދިންނަށް ފެންނަ އީއެލްއޭ އުފެއްދީ ޖޯން މެތިއުގެ އިރުޝާދުގެ ދަށުން އައްބު އިސްވެ ހުރެއެވެ. އޭނާއަކީ އީއެލްއޭ އާއި ޑީއެލްއޭގެ ވެސް އިންތިޚާބީ ފުރަތަމަ ރައީސެވެ.

• އަދަބީ އަދި ފަންނީ ޚިދުމަތް: ސްކޫލް ބޯޑަށް ކޮންމެ މަހަކު ނެރޭ މަޖައްލާގެ އެޑިޓަރުކަން ކުރުމުގެ އިތުރުން، އޭނާއަކީ ދިވެހި އަދި އިނގިރޭސި ބަހުގެ ހުނަރުވެރި ޝާއިރެކެވެ. ސްކޫލް ތާރީޚުގައި ފެނުނު އެންމެ ތަފާތު ތަމްސީލު ކަމަށްވާ "މެގަ ޗިޕް" އަކީ އައްބު އަމިއްލައަށް ލިޔެ، ޑައިރެކްޓްކޮށް، ލީޑް ރޯލު އަދާކުރި ހުނަރުވެރި މަސައްކަތެކެވެ.

• ލައިބްރަރީ ވުޖޫދުކުރުން: މިއަދު އެ މަރުކަޒުން ފެންނަ ލައިބްރަރީއަކީ މެޑަމް އައިޝަތު ޚަފީޡްގެ އިރުޝާދުގެ ދަށުން، އައްބު އިސްނަގައިގެން ގްރޭޑް 10 ގެ ދަރިވަރުންތަކަކާއެކު ގާއިމުކުރި ތަނެކެވެ. ފޮތްތައް ގިންތިކޮށް، ސިސްޓަމް ހަމަޖައްސައި، އެތަނުގެ ފުރަތަމަ ލައިބްރޭރިއަންގެ ޒިންމާ އުފުލީވެސް އޭނާއެވެ.

އައްބުއަކީ ހަމައެކަނި ކިޔެވުމަށް މޮޅު ކުއްޖެއް ނޫނެވެ. އޭނާއަކީ ހައުސް ކެޕްޓަނެއްގެ ހައިސިއްޔަތުން ހުރިހާ ދަރިވަރުންގެ މެދުގައި ބަދަހި ގުޅުމެއް އުފެއްދި، އެންމެންގެ ގާތް އެކުވެރިއެކެވެ. އަޅުގަނޑުމެން ސްކޫލާ އަލްވަދާއު ކީ ރޮވިފައި ތިބެއެވެ. އެއީ އޭރު މަރުކަޒުން ނިކުމެގެންދިޔަ ޖީލަކީ މި ޤައުމުގެ އެކި ދާއިރާތަކުން ވެލިދޫއަށް ރީތި ނަން ހޯދައިދިން ޒިންމާދާރު ކުދިންތަކަކަށް ވީތީއެވެ.

އައްބުއަކީ ޢިލްމަށް ލޯބިކުރާ، އެހެން މީހުންގެ ކުރިއެރުމަށް އެދޭ އިޚްލާޞްތެރިއެކެވެ. އަޅުގަނޑަށް ސައްތައަކުން ސައްތަ ޔަޤީންވަނީ، މި ކައުންސިލް އިންތިޚާބުގައި އައްބުއަށް ވޯޓު ދެއްވައިފިނަމަ، އޭނާގެ ޢިލްމާއި ހުނަރުގެ ބޭނުންކޮށްގެން ވެލިދޫއަށް އަދަށްވުރެ ފެހި މާދަމާއެއް ކަށަވަރުކޮށްދިނުމުގައި، މާތް ﷲ ގެ ވާގިފުޅާއެކު އޭނާ ސާބިތުވެ ހުންނާނެ ކަމެވެ.

އިޚްލާޞްތެރިކަމާއެކު ރަށަށް ޚިދުމަތްކުރުމުގެ ފުރުޞަތު އައްބުއަށް ދެއްވާށެވެ!

04/02/2026

Rukuri was created as a means to bring all things tourism under one roof in a transparent manner in a time Maldives' tourism industry is experiencing expansion and stabilization.

https://www.rukuri.app
31/01/2026

https://www.rukuri.app

Rukuri, a purpose-built digital recruitment platform for the hospitality and tourism industry, has been launched with the aim of improving efficiency, transpare

30/01/2026

Address

London

Website

Alerts

Be the first to know and let us send you an email when Thompey Faiz posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Thompey Faiz:

Shortcuts

Share